މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގާ “ޓިވެޓް އޮތޯރިޓީ” އިން ވަނީ ކަސްރަތާއި، ކުޅިވަރު، އަދި ފިޒިކަލް އެޑިޔުކޭޝަން އާއި ރެކްރިއޭޝަންގެ ދާއިރާއިން ސެޓިފިކެޓް 3 ފެންވަރުގެ ކޯހެއް އެކުލަވާލާ ފާސްކޮށްފައެވެ. މިކޯސް ހިންގުމުގެ ރަސްމީ ހުއްދަ ވަނީ މާލޭފިޓްނަސް ކްލަބަށް ލިބިފައެވެ.
މިކޯސްހިންގުމުގެ ހުއްދަލިބުމަށްފަހު، މާލޭފިޓްނަސް ކްލަބް އެކެޑެމީއިން މިއަހަރު އެއް ކޯސްވަނީ ކާމިޔާބުކަމާއެކު ހިންގާފައިވާނެއެވެ. އަދި މިކޯހުން ފާސްވި 7 ދަރިވަރުންނަށް މިހާރުވަނީ ޓިވެޓް އޮތޯރިޓީގެ ސެޓްފިކެޓް ލިބިފައެވެ.
ވަޒީފާގެ ފުރުޞަތު
މައިގަޑުގޮތަކަށް “ސްޕޯޓްސް ސައިންސް” ގެއިލްމުގެ މައްޗަށް ބިނާކޮށްފައިވާ މިކޯހަކީ، މިދާއިރާއިން އުފެދެމުންއަންނަ ވަޒީފާގެފުރުސަތުތަކަށް ޒުވާނުން ތައްޔާރުކޮށްދޭ ކޯހެކެވެ. މިކޯސްއަމާޒުކުރެވިފައިވަނީ ތަފާތު ތިން ދާއިރާއެއްގައި އުފެދެމުން އަންނަ ވަޒީފާތަކަށެވެ.
ފިޓްނަސް އިންސްްޓްރަކްޓަރ؛ ރަށުފެންވަރުގައި ޖިމެއް ހިންގުން ނުވަތަ ރިޒޯޓެއްގައި ފިޓްނަސް އިންސްޓްރަކްޓަރ އެއްގެ ވަޒީފާ.
ސްޕޯޓްސް ކޯޗް؛ ރަށުފެންވަރުގައި، އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަން ފެންވަރުގައި ކޯޗް ކޮށްދިނުމުގެ ވަޒީފާ، އަދި ރިޒޯޓްތަކުގައި ޙާއްސަގޮތަކަށް ވޯޓަރސްޕޯޓްސްއިން ވަޒީފާގެފުރުސަތުތައް.
ފިޒިކަލް އެޑިޔުކޭށަން ޓީޗަރ؛ ސްކޫލްކަރިކިއުލަމްގައި މާއްދާއެއްގެގޮތަށް ނަގައިދޭން ކަޑައަޅާފައިވާ “ހަށިގަޑުގެ ތަރުބިއްޔަތު” ކްލާސްތައް ނަގާ ޓީޗަރުންނާއި، ސްޕޯޓްސް ސުޕަރަވައިޒަރުންނަށް މިކޯހަކީ ރަސްމީ ކޮލިފިކޭޝަން ލިބުމާގުޅިގެން މުސާރައިގެ ކުރިއެރުން ލިބޭނެކޯހެއްކަމުގައިވާނެއެވެ.
ކޯހުގެ މުއްދަތު – ދެމަސްދުވަސް
ކޯސްރޭވިފައިވަނީ 13 އޮކްޓޯބަ އިން 17 ޑިސެމްބަރ 2016 އަށް 2 މަސްދުވަހަށް ބަހާލައިގެނެވެ. އެއީ 10 ދުވަހުގެ 2 މޮޑިޔުލްގެ 120 ގަޑިއިރުގެ ކްލާސްރޫމް މަސައްކަތާއި، ދެމޮޑިޔުލް ދޭތެރޭ ލިބޭ 6 ހަފްތާތެރޭ އަމަލީ ތަޖްރިބާ ހޯދުމަށްޓަކާ މަދުވެގެން 60 ގަޑިއިރުގެ އިންޓާންޝިޕް ހަދާގޮތަށެވެ. ޖުމްލަ 180 ގަޑިއިރުގެ ތަމްރީން ހޯދަންޖެހޭގޮތަށެވެ. އެއީ
13 އިން 22 އޮކްޓޯބަރ 2016 އަށް (މޮޑިޔުލް-1)
08 އިން 17 ޑިސެމްބަރ 2016 އަށް (މޮޑިޔުލް-2)
ބައިވެރިވުމުގެ ޝަރުތު
މިކޯހަކީ ގްރޭޑް 10 ފެންވަރުގެ ޒުވާނުންނަށް އަމާޒުކޮށް އެކުލަވާލާފައިވާކޯހެކެވެ. ކޯހުގައި ރެޖިސްޓަރ ކުރުމަށް ޝައުގުވެރިވާ ދައިވަރުންނަށް އެކުދިންގެ ތައަލީމީފެންވަރު ދެނެގަތުމަށްޓަކާ “އޮރިއެންޓޭޝަން” ބައްދަލުވުމެއް އިންތިޒާމެކުރެވޭނެއެވެ. އަދި މިބައްދަލުވުން، އިންޓަރނެޓް މެދުވެރިކޮށް ސްކައިޕް އިންވެސް ހިންގިދާނެއެވެ.
މިކޯހުގައި ކިޔަވައިދެނީ ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ސްޕޯޓްގައި ކިޔަވައިދޭ ލެކްޗަރަރ އެކެވެ. ކޯސް ހިންގަނީ އިނގިރޭސި ބަހުންނެވެ. ކޯހުގައި ރަޖިސްޓްރީ ކުރުމުން ދަރިވަރުންނާއި ގުޅާ، ކޯހާބެހޭ އިތުރު ތަފްސީލް އޮޅުންފިލުވައިދޭނެއެވެ. ކޯހުގެ ބައިވެރިންނަކީ، އިންޓަރނެޓް މެދުވެރިކޮށް ދުރުންދޭ ތައުލީމުގެ އުސޫލުން ކޯހުގެ ބައެއް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ދަރިވަރަކަށްވުމަކީ ބޭނުންތެރިކަމަކަށް ވާނެއެވެ.
ސްކޮލަރޝިޕް
މިކޯސް ރަގަޅުފެންވަރެއްގައި މިވަގުތު ހިންގެން އަންނަނީ މާލޭގައެވެ. އެއީ އަތޮޅުތަކުގައި އެކަށީގެންވާ ފެންވަރުގެ ފިޓްނަސް ކްލަބްތައް ނެތުމާއިި ކިޔަވައިދިނުމާއި، ކޯޗިންގްގެ ފަންނުން އިންޓާންޝިޕް ސުފަވައިޒްކުރެވެންވެސް ނެތުމުންނެވެ. ވީމާ މާލޭގައި ދިރިނޫޅޭ ޒުވާނުންނަށް މާލެއައިސް 2 މަސްދުވަހު ހުރުމުގެ ޙަރަދަކީވެސް މިކޯހާގުޅިގެން ކުރަންޖެހޭ ޙަރަދަކަށް ވާނެއެވެ.
ވީމާ މާލޭންބޭރުގައި ދިރިއުޅޭ ޒުވާނުންނަށް މިކޯސްހެދުމަށް ސްކޮލަރޝިޕް ލިބޭނެ ގޮތްތަކެއް ހޯދުމަކީވެސް ބޭނުންތެރިކަމަކަށް ވާނެއެވެ. އަމިއްލަ ޙަރަދުގައި ކޯސްހެދުމަށް ދަތިވާ ދަރިވަރުންނަށް ރަށުކައުންސިލް، އެންޖީއޯއެއް، ނުވަތަ ރިޒޯޓްއަކުން ސްކޮލަރޝިޕް ފުރުސޮތު ހޯދާދިނުމަށްވެސް އަޅުގަޑުމެން މަސައްކަތްކުރަމުއެވެ.
ވީމާ ސްކޮލަޝިޕް ދިނުމަށް ޝައުގުވެރިވާ ފަރާތަތަކުގެ މައުލޫމާތު މިއެކެޑަމީއާއި ހިއްސާކޮށްދިނުމުން އަޅުގަޑުމެން ވެސް މިމަގުން މަސައްކަތްކކުރިއަށް ގެންދާނަމެވެ.
2016 ގެ ތިންވަނަ ޓަރިމެސްޓަރ – 13 އިކްޓޯބަރ އިން 17 ޑިސެމްބަރ
2017 ގެ ފުރަތަމަ ޓަރިމެސްޓަރ – 02 ފެބްރުއަރީ އިން 08 އޭޕްރިލް