Maldivian Aquathlon Challenge 2017

Dec 16, 2019

ޙަބަރު

އެކުއަތުލޯން ޗެމްޕިއަންކަން ރިޒާ / ރިހާން އާއި ސައުސަން / އަންމާއު ހޯދައިފި

ދިވެހިރާއްޖޭގައި މުޅިން އަލަށް ބޭއްވި، މޯލްޑިވްސް އެކުއަތުލޯން ޗެލެންޖު 2017 ގެ ފިރިހެނުންގެ އެއްވަނަ، ދިގު ދުވުންތަކަށް މަޝްހޫރު ދުވުންތެރިޔާ ރިޒާ ހޯދައިފިއެވެ. މިއިވެންޓުގެ އަންހެނުންގެ ބައިން އެއްވަނަ ހޯދީ މަޝްހޫރު ފެތުންތެރިޔާ އާޢިޝަތު ސައުސަންއެވެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އަޙްމަދު އައްޒާން ޒާހިދު އެއްވަނަ ހޯދިއިރު، އެޢުމުރުގެ އަންހެން ބައިން އެއްވަނަ ހޯދީ އަންމާއު އަޙްމަދު ސަލީމެވެ.

އެކުއަތުލޯނަކީ ދުވުމާއި ފެތުމާއި ދުވުން ހިމެނޭ ކުޅިވަރެކެވެ. މިއީ، މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނަ ޓްރަޔަތުލޯން ޢާއިލާގެ ކުޅިވަރެކެވެ. އެކުއަތުލޯނުގައި، އެއް ކުޅިވަރުގެ ބަދަލުގައި ދެކުޅިވަރެއް ހިމެނެއެވެ. އެއީ، ދުވުމާއި ފެތުމެވެ. އިއްޔެ ބޭއްވި، ރާއްޖޭގެ ފުރަތަމަ އެކުއަތުލޯން މުބާރާތުގައި ބަހާލާފައިވަނީ ދެ ދިގުމިނަކަށެވެ. 16 އަހަރުން މަތީގެ ފިރިހެން، އަންހެން، އަދި ޓީމު އިވެންޓުގައި އޮތީ، 2 ކިލޯ މީޓަރު ދުވުމަށްފަހު، 600 މީޓަރުގެ ފެތުމެއް ނިންމާ، އަދި އިތުރު 2 ކިލޯމީޓަރުގެ ދުވުމެވެ. ރޭހުގެ އެއްވަނައަށް ހޮވެނީ، މިތިން ބައި އެންމެ ފުރަތަމަ ފުރިހަމަކުރާ އެތުލީޓެކެވެ. 16 އަހަރުން ދަށުގެ އެތުލީޓުންނަށް، 1 ކިލޯމީޓަރުގެ ދުވުމާއި، 300 މީޓަރުގެ ފެތުމާއި 1 ކިލޯމީޓަރުގެ ދުވުމެވެ.

ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ފިޓްނަސް ސެންޓަރު، މާލޭ ފިޓްނަސް ކުލަބުން އިންތިޒާމުކުރި މުބާރާތް ބަހާލެވިފައިވަނީ، މައިގަނޑު 9 ކެޓަގަރީއަކަށެވެ. އެއީ، ފިރިހެނުންގެ އެލީޓާއި، އަންހެނުންގެ އެލީޓާއި، ފިރިހެން، އަދި އަންހެން ޓީމު އިވެންޓާއި، 16 އަހަރުން ދަށުގެ ފިރިހެން، އަންހެން އިންޑިވިޖުއަލްއާއި ފިރިހެން އަންހެން ޓީމު އިވެންޓާއި، މިކްސް (އަންހެން، ފިރިހެން އެތުލީޓުން އެއްޓީމެއްގައި ހިމެނޭ) އާއި ފެމިލީ ރިލޭއެވެ. މިމުބާރާތުގައި، ޖުމްލަ 197 އެތުލީޓުން ބައިވެރިވެފައިވެއެވެ. އެންމެ ގިނަ އެތުލީޓުން ބައިވެރިވެފައިވަނީ، 16 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގައި 39 އެތުލީޓުންނާއި ފެމިލީ ރިލޭ ޓީމުގައި 36 އެތުލީޓުންނެވެ.  ފެމިލީ އިވެންޓުގައި ދިވެހިރާއްޖޭގެ މަޝްހޫރު ޝަޚްޞިއްޔަތުތައް، އެމީސްމީހުންގެ ޢާއިލާގެ މީހުންނާއެކު ބައިވެރިވެފައިވެއެވެ.

މާލޭ ފިޓްނަސް ކުލަބުން ކުރިމަގުގައިވެސް، މަލްޓިސްޕޯޓް ހިމެނޭ ރޭސްތައް ބޭއްވުމަށް ޤަޞްދުކުރަމެވެ. އަދި އެރޭސްތަކާބެހޭ އިތުރު މަޢްލޫމާތު ވަރަށް އަވަހަށް ހާމަކުރަމުން ގެންދާނަމެވެ. މިމުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށްދާ ފަރާތްތަކަށް، މާލޭ ފިޓްނަސް ކުލަބުގެ އެއް މަސްދުވަހުގެ މެމްބަރޝިޕް ހިލޭ ދިނުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތް އިންތިޒާމުކޮށް ހިންގުމުގައި، ކުޑަހުސެން އެކަޑަމީއާއި، ނިއު ލެގޫންސް ސްވިމިންގް ކްލަބާއި، މޯލްޑިވްސް ލައިފްގާރޑްސް އެސޯސިއޭޝަނާއި، ޔަޒޫ އެންޑް ކިސް އެކަޑަމީއާއި، ކޯސްޓްގާރޑާއި، ސްވިމިންގ އެސޯސިއޭޝަނުން ވަރަށް ގިނަ އެހީތެރިކަން މާލޭ ފިޓްނަސް ކުލަބަށް ލިބިފައިވާކަމަށް، އެކުލަބުން ހާމަކުރެއެވެ.

FULL RESULTS SHEET

Male – Individual

1 Ahmed Riza 117 00:29:27.47
2 Ahmed Nizam 105 00:31:34.08
3 Mohamed Muha 106 00:32:03.15


Female – Individual

1 Aishath Sausan 203 00:38:36.51
2 Fathmath Iffath Mohamed 201 00:41:52.62
3 Sharon Mason 206 00:43:08.58


Male – Team Event

1 Ali Hafiz MLA Y M510 00:25:36.00
1 Ibrahim Maishaan Shameem MLA Y M510 00:25:36.00
1 Abdul Rasheed Ismail MLA Y M510 00:25:36.00
2 Hassan Ashraf SAUDHAAN M509 00:27:22.26
2 Hussain Inaas SAUDHAAN M509 00:27:22.26
2 Yaugoob Ahmed SAUDHAAN M509 00:27:22.26
3 Ahmed Shavy Rafiu NLKY I M506 00:28:01.52
3 Zaidhan Athif Shakoor NLKY I M506 00:28:01.52


Female – Individual

1 Patricia D Gomez NLSC F602 00:30:23.50
1 Hamna Ahmed NLSC F602 00:30:23.50
2 Fathimath Zuha Ziyad MLA T F605 00:31:21.16
2 Aminath Reema MLA T F605 00:31:21.16
3 Aishath Zeeba Hamid NLSC 2 F603 00:38:14.77
3 Aminath Wileeni Ali NLSC 2 F603 00:38:14.77


Under 16 – Male

1 Ahmed Azzan Zahid 302 00:15:32:19
2 Mohamed Sahaaf Saeed 304 00:16:01:79
3 Mohamed Rihaan Shihaam 303 00:19:03:68


Under 16 – Female

1 Anmau Ahmed Saleem 402 00:15:47.39
2 Aishath Hulva Hulail 403 00:15:47.64
3 Aminath Erum Saleem 401 00:16:00.01


Under 16 – Male – Team Event

1 Mohamed Raaid Ismail MLA S B709 00:12:35.87
1 Ismail Masoon Ahmed MLA S B709 00:12:35.87
2 Aik Abdulla Rifau MLA B B701 00:12:46.64
2 Mohamed Raain Abdul Sattar MLA B B701 00:12:46.64
3 Hussain Zain NLKY 2 B703 00:13:20.94
3 Ahmed Raul Assad NLKY 2 B703 00:13:20.94

Under 16 – Female – Team Event

1 Enaash Naseem MLA A G801 00:13:38.61
1 Aishath Ulya Shaig MLA A G801 00:13:38.61
2 Aflaak Taai’aa Binth Suood MLA R G815 00:14:34.53
2 Aishath Naishan Nashid MLA R G815 00:14:34.53
3 Aminath Rafaha Ramiz NLKY 7 G812 00:14:48.98
3 Mariyam Yana Narih NLKY 7 G812 00:14:48.98

Under 16 – Mixed – Team Event (only team)

1 Mohamed Asham Ziyad Club Calm Sport MX1001 00:19:09.51
1 Rix Aail Ahmed Azeel Club Calm Sport MX1001 00:19:09.51
1 Aminath Yasna Tholal Club Calm Sport MX1001 00:19:09.51


Family Relay

1 Ahmed Shageef MLA X F918 00:14:56:03
1 Thuvaa Ahmed Shageef F918 00:14:56:03
2 Hussain Haleem KH TEAM F914 00:15:01:83
2 Humam Hussain Haleem F914 00:15:01:83
2 Hanan Hussain Haleem F914 00:15:01:83
3 Mohamed Nufail Ismail MLA C F901 00:15:02:42
3 Ibrahim Nafeel Ismail F901 00:15:02:42